ލޯބީގެ
ތަފާތު ވައްތަރުތައް
ލޯތްބަކީ
އެތަކެއް މާނައެއް އެއިން ދޭހަކުރެވޭ އަދި ގިނަ ވައްތަރުތަކެއް ހިމެނޭ އެއްޗެކެވެ.
ރޮމެންޓިކް ލޯބީގެ އިތުރުން (ބެކް-ޖަރންޝެއިމް
އަދި ބެކް، 1995؛ ފެންޝެލް،2005 ހެޓްފީލްޑް، 1988؛ ހެގީ އަދި ބަރގްނަރ،2010؛
މާޓާ،2005؛ މާޓާ،2006؛ ޕަރސަން،2007؛ ސްޓެމްބަރގް، 1998)،ރަހުމަތްތެރިކަމުގެ ލޯބިވެސް ވެއެވެ (އަލްބެރޯނީ،
1987؛ ބްލެިޒްނަރ އަދި އެޑަމްސް، 1992، ފެހްރ، 1996؛ ހަރޓްއަޕް، 1995؛ މިލަރ އަދި ޕަރލްމަން، 2009)، ތިމާފަދަ އަނެއް އިންސާނާ ދެކެވާ ލޯބި (އެރިކްްސަން،
1989؛ ޖަނަކޯ، 1993؛ ޕަލްޑޭނިއަސް، 2002)، މައިންބަފައިން
ދެކެވާ ލޯބި، ޤައުމުދެކެވާ ލޯބި (މަންޓާ، 2006)، އުނގަންނައި ދިނުމުގެ ލޯބިހިމެނެއެވެ (ހާވިއޯ،
1948؛ސްކިނަރ،2004). މިއިން ކޮންމެ
ވައްތަރެއްގެ ލޯތްބެއްގައިވެސް އާންމު ސިފަތަކެއް ހުރެއެވެ. އަދި
އެކަންތައްތަކަށް، ޒަމާނާއިއެކު އައި ފަރުދީ ވަންތަކަމާއި ނަފުސީ ވަންތަކަމުގެ
ބަދަލުގެ ބިރު ކުރިމަތިވެފައިވެއެވެ (ބެކް-ގަރނެއިޝަމް
އަދި ބެކް، 1995؛ ގިޑެންސް، 1991).
އިންސާނާ
ތިމާފަދަ އަނެއް އިންސާނާދެކެ ވާލޯބި (agape)، އެއީ އިންސާނަކަށްވީތީ އޮންނަން ލޯތްބެވެ.
އެއީ މީހާގެ ފަރުދީ ސިފަތައް ކަމަށްވާ މަޤާމާއި ޤައުމާއި ޖިންސާއި ޤާބިލުކަމާއި
ނަސްލާއި ވާހަކަދައްކާ ބަހުރުވައަކަށް ބިނާވާ ލޯތްބެއްނޫނެވެ. މިއިން އެއްވެސް
ކަމަކީ އިންސާނެއްގެ އަގު ކަނޑައަޅާ އެއްޗެއް ނޫނެވެ. ލޯބިވުމާއި ލޯބި
ލިބިގަތުމުގެ ޙައްޤަކީ އިންސާނަކަށްވީތީ ލިބިގެންވާ ޙައްޤެކެވެ. މީގެ
އިތުރަށް އަޅާލެވުމާއި ހެދިބޮޑުވުމުގެ ޙައްޤުވެސް ކޮންމެ އިންސާނަކަށް
ލިބިގެންވެއެވެ (ބްރެޑްޝޯ،1996 ، ލަނާރާ، 1981؛ ސްޕްރެންޖެލް އަދި ކެލީ،1992).
ކުޑަކުދިންނަށް
އެހީތެރިވުމާއި އެހީތެރިކަން ފޯރުވައިދިނުމުގައި މި ވައްތަރުގެ ލޯބި މާނަކުރެވޭނީ،
އަޅާލުމުގެ މާނައިގައެވެ. ހަމައެހެންމެ، އެހެން މީހެއްގެ ނުވަތަ އެއްޗެއްގެ
ޙާލާތާއިމެދު އުފެދޭކަންބޮޑުވުމާއި އަޅާލުމަށްވެސް މި ލޯބި މާނަކުރެވެއެވެ (މޯސް، ސޯލްބަރގް، ނީންޑަރ، ބޮޓޯރފް، އަދި
ޖޯންސަން، 1990؛ ޕަލްޑޭނިއަސް،2002). ކުޑަކުދިންނަށް އެހީތެރިވެދީ އަޅާލުމަކީ
އެހެން އިންސާނުންނަށް ތިމާގެ ކިބައިގައިވާ ލޯބިވެތިކަން އެންމެ ބޮޑަށް
ދައްކުވައިދޭ ކަންތަކެވެ (އެރިކްސަން،1989). ޙަޤީޤަތުގައި،
އަޅާލުމާއި ހަމްދަރިދީއަކީ، އުނގަންނައި ދިނުމުގެ އެންމެ މަރުކަޒަކީ ދެ ސިފައެވެ. އެއީ
އުނގަންނައި ދިނުމުގެ އެންމެ ކާމިޔާބު މެތަޑެވެ (ނޮޑިންގްސް،1988؛
ބަރންސް އަދި ރަތުބޯން،2010).
ޓީޗަރެއްގެ
އަޚުލާޤީއްޔާތުގެ މާނައަކީ، ޙަޤީޤީ އަޅާލުމެވެ. ދަރިވަރަށް ވިސްނައިދިނުމަށް ޙަޤީޤަތުގައިވެސް
މަސައްކަތްކުރުމެވެ. އަދި ދަރިވަރުގެ ރައްކާތެރި ކަމަށްޓަކައި މަސައްކަތްކުރުމާއި އެހީތެރިވެދިނުމާއި
ހެދި ބޮޑުވުމަށް މަސައްކަތްކުރުމެވެ. މި ދެންނެވި އުނގަންނައި ދިނުންވަންތަ
އަޅާލުމުގެ ސަބަބުން، ދަރިވަރުގެ ޤާބިލިއްޔަތުކަން ހުރިވަރު މުދައްރިސަށް އެނގި
ދަރިވަރުގެ އަމިއްލަ ހުނަރުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރެވެއެވެ. ރަގަޅު
މުދައްރިސުވަންތަ ކަމުގެ އެންމެ މަތިވެރި ބަހާ އަކީ އުނގަންނައިދިނުމުގެ ލޯބިކަމުގައި
އެތަކެއް ޖީލުތަކެއްވަންދެން ޤަބޫލުކުރެވިފައިވެއެވެ. ރަގަޅު މުދައްރިސަކަށްވުމަށް
މިންކުރާ އެހެން އެތަކެއް ސިފަތަކެއް ހުއްޓާވެސްވެއެވެ. އެހެން ސިފަތަކުގެ
ތެރޭގައި، ކުލާހުގައި ސުލޫކު ހިފެހެއްޓުމާއި އަމުރު މައުރޫފު ދެމެހެއްޓުމާއި،
އަމާޒަށް ވާސިލުވުމާއި، ކިޔަވައިދޭ މާއްދާތަކަށް ވަރަށް މޮޅުވުން ހިމެނެއެވެ (ޑޭވިސް،1993؛
ޒޮމްބީލަސް،2007؛ ހޭންސެން،2009).
ލޯތްބަކީ ތަފާތު އެތަކެއް ގޮތަކަށް ދޭހަކުރެވޭ އެއްޗަކަށްވިޔަސް، ބައެއް ފަރާތްތަކުން، ލޯބި، މުދައްރިސުގެ މަސައްކަތްތަކާއި ނުގުޅުވައި، ވަރަށް ހަނި ދާއިރާއެއްގައި ދޭހަކުރެއެވެ. އެހެންނަމަވެސް، މިސާލަކަށް ފިންލޭންޑުގައި، އުނގަންނައި ދިނުމުގެ ލޯތްބާއިމެދު، ބަޙުޘްކުރައްވަމުން، އުނޯ ސިގްނޯސް 1860 ގެ އަހަރުތަކުގައި ލިޔުއްވާފައިވެއެވެ. އޭގެ ސަތޭކައަހަރު ފަހުން މަރުޓީ ހާރވިއޯ (1948) އަދި އުރުޕޯ ހަރުވާ (1955) ގައިވެސް އެ މައުޟޫއަށް ލިޔުއްވާފައިވެއެވެ. ހަމަމިގޮތަށް، ޖަރުމަންވިލާތުގެ މަޝްހޫރު ފިލޯސަފަރެއްކަމުގައިވާ މެކްސް ޝެލަރ (1928 – 1874)، ބުނެފައިވަނީ، ލޯތްބަކީ އުނގަންނައިދިނުމުގެ އެންމެ މައިގަނޑު ބަހާ ކަމުގައެވެ (ސޮލަސާރީ، 2003).
ލޯތްބަކީ ތަފާތު އެތަކެއް ގޮތަކަށް ދޭހަކުރެވޭ އެއްޗަކަށްވިޔަސް، ބައެއް ފަރާތްތަކުން، ލޯބި، މުދައްރިސުގެ މަސައްކަތްތަކާއި ނުގުޅުވައި، ވަރަށް ހަނި ދާއިރާއެއްގައި ދޭހަކުރެއެވެ. އެހެންނަމަވެސް، މިސާލަކަށް ފިންލޭންޑުގައި، އުނގަންނައި ދިނުމުގެ ލޯތްބާއިމެދު، ބަޙުޘްކުރައްވަމުން، އުނޯ ސިގްނޯސް 1860 ގެ އަހަރުތަކުގައި ލިޔުއްވާފައިވެއެވެ. އޭގެ ސަތޭކައަހަރު ފަހުން މަރުޓީ ހާރވިއޯ (1948) އަދި އުރުޕޯ ހަރުވާ (1955) ގައިވެސް އެ މައުޟޫއަށް ލިޔުއްވާފައިވެއެވެ. ހަމަމިގޮތަށް، ޖަރުމަންވިލާތުގެ މަޝްހޫރު ފިލޯސަފަރެއްކަމުގައިވާ މެކްސް ޝެލަރ (1928 – 1874)، ބުނެފައިވަނީ، ލޯތްބަކީ އުނގަންނައިދިނުމުގެ އެންމެ މައިގަނޑު ބަހާ ކަމުގައެވެ (ސޮލަސާރީ، 2003).
No comments:
Post a Comment