ހެދިދާނެއެވެ. އެކަމަކު އެއީ މުދައްރިސުންގެ
ވިސްނުމާއި ކަންކުރައްވާގޮތަށް ވަރަށްބޮޑު ބަދަލެއް ގެންނަވައިފިނަމައެވެ. މިހާރަށްވުރެ
ކުދިންކުރާހިތްވާ މަސައްކަތަކަށް ހޯމްވޯކް ހެދުމަށްޓަކައި ހެދިދާނެ ގޮތްތަކުގެ
ބައެއް ޚިޔާލުތައް ހިއްސާކުރުމުގެ ކުރިން ހޯމްވޯކްއާއި ގުޅޭ ބައެއް ޙަޤީޤަތްތަކަށް
ބލާލަމާތޯއެވެ؟
ހޯމްވޯކަކީ ކޮބާ؟
·
ހޯމްވޯކްއަކީ އިތުރު މަޢުލޫމާތު ހޯދައި ލިބިގަތުމަށް، ފިލާވަޅު ފަރިތަކުރުމަށް، ނުވަތަ ކުލާހުގައި ފެށި މަސައްކަތެއް ގޭގައި ކޮށްނިންމާލުމެވެ ( މެޔަރ، 2005).
· ހޯމްވޯކަކީ ސްކޫލް ގަޑީގައި ނޫން އެހެން ގަޑިތަކުގައި ކޮށްނިންމަންޖެހޭ
ގޮތަށް ދަރިވަރުންނާއި ހަވާލުކުރެވޭ މަސައްކަތެކެވެ (ކޫޕަރ 1989).
· ހޯމްވޯކަކީ ކުލާސް ގަޑީގައި ކިޔަވައިދިން މަޢުލޫމާތުތައް އިތުރަށް
ފަރިތަކުރުމަށް ހަވާލުކުރެވޭ މަސައްކަތެކެވެ (ޑެވިސް، 2008).
ޙޯމްވޯކާއި ކުދިންގެ
ކާމިޔާބީއާއި ހުރި ގުޅުމަކީ ކޮބާ؟
· ހޯމްވޯކުގެ ސަބަބުން ބޮޑަށް ފައިދާކުރަނީ، މަތީޘާނަވީ މަރުޙަލާ ތަކުގައި
ނުވަތަ އެއަށްވުރެ މަތީ މަރުޙަލާތަކުގައި ކިޔަވާ ކުދިންނަށެވެ.
· ދަށުޘާނަވީ މަރުޙަލާގައި ހޯމްވޯކާއި ދަރިވަރު ޓެސްޓްތަކުގައި ހޯދާ ނަތީޖާއާއި ހުންނަގުޅުން ވަރަށްކުޑައެވެ (ކޫޕަރ ވެލެންޓައިން، 2001).
· ގްރޭޑް 3-5 ގެ ދަރިވަރުންގެ ހޯމްވޯކާއި އެކުދިން ހޯދާ ކާމިޔާބީގެ ގުޅުން
(ކޯރރިލޭޝަން) ހުންނަނީ ގާތްގަޑަކަށް "0" ގައެވެ. ގްރޭޑް 5-9 ގެ
ދަރިވަރުންގެ ކާމިޔާބީއާއި ހޯމްވޯކްއާއި ހުންނަ ގުޅުމުގެ މިންވަރަކީ 0.07 އެވެ.
ގްރޭޑް 9-12 ގެ ދަރިވަރުންގެ ކާމިޔާބީއާއި ހޯމްވޯކާއި ގުޅުން ހުންނަ މިންވަރަކީ، 0.25
އެވެ (ކޫޕަރ،2007).
ހޯމްވޯކާއިމެދު
ދެކެނީ ކޮންގޮތަކަށް؟
· ދަރިވަރުން ދެކޭގޮތުގައި ހޯމްވޯކަކީ އެކުދިންނަށް އެއާއި ބެހޭގޮތުން މާބޮޑު
ތަފްސީލެއް ދެވޭނެ އެއްޗެއްނޫނެވެ. ދަރިވަރުން ބުނެފައިވާގޮތުން ހޯމްވޯކް ހަދާނީ،
މައިންބަފައިންނާއި މުދައްރިސުންގެ ރުހުން ޙޯދުމަށެވެ (ވޯޓަން. 2001)
·
ދަރިވަރުން ދެކޭގޮތުގައި މުދައްރިސުން މާގިނައިން މަސައްކަތް ދެއްވައެވެ.
·
ބެލެނިވެރިން ހީކުރައްވަނީ ހޯމްވޯކުގެ ސަބަބުން ދަރިވަރުންގެ ފެންވަރު
މަތިވާނެ ކަމުގައެވެ. އެހެންއެކަން ނުވާނެނަމަ މުދައްރިސުން ހޯމްވޯކެއް ނުދެއްވީސް
ކަމުގައެވެ (ވޯޓަން، 2001).
· މުދައްރިސުން ދެކިލައްވާ ގޮތުގައި، ޙޯމްވޯކްގެ ސަބަބުން ކުދިންގެ ފެންވަރު
މަތިވެއެވެ. އާއިލާއާއި، މުދައްރިސާއި، ދަރިވަރާއި މުއާސަލާތު ކުރުމަށް
މަގުފަހިވެގެންދެއެވެ (ހެރިސް ލިންޑެސް، ނައި، ގްރީންހައުސް،1998).
·
އާންމު ރައްޔިތުން ދެކޭގޮތުގައި، ހޯމްވޯކްއަކީ ދަރިވަރުންނާއި، އެދަރިވަރުންގެ
މައިންބަފައިން ހާސްކަމެއްގެ ތެރެއަށް ވައްޓާލަދޭ "ބޮޑުކަމެކެވ" (ކޯނޯޒޫ، 2004).
ހޯމްވޯކްދޭންވީ
ކިހާވަރަކަށް؟
·
ދަރިވަރުންނަށް އެއްދުވަހަށް ހޯމްވޯކް ހަދަން ޖައްސާ މިންވަރު މުޅި
ޖުމުލަ 60-120 މިނިޓަށްވުރެ އިތުރު ކުރެވިގެންނުވާ ނެ އެވެ.
ދަރިވަރުގެ އަމިއްލަ ޝައުޤު ހުރެގެން އިތުރު މަސައްކަތް ކުރުން މިއުސޫލާއި
އިސްތިސްނާވެ އެވެ. ގިނައިން ހޯމްވޯކް ހަދާ ދަރިވަރުންނަށްވުރެ އާދައިގެ ވަރަކަށް
ހޯމްވޯކް ހަދާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކަން ފާހަގަ ކުރެވެ އެވެ.
ހޯމްވޯކަކީ ކުދިން ގަޔާވެގެން ކުރާމަސައްކަތައް ހެދިދާނެ ގޮތްތަކެއްގެ ބައެއް ޚިޔާލުތައް
ü ދަރިވަރަށް
އިޚްތިޔާރެއް އޮންނަގޮތަށް މަސައްކަތް ދެއްވާށެވެ.
ގިނަފަހަރަށް
މަސައްކަތް ޙަވާލު ކުރެވެނީ 'އިތުރު ވާހަކަ ނުދައްކައި' ބުނިގޮތަކަށް ކުރާ
އުސޫލަށެވެ.
û "ސަފްހާ 36 ގައިވާ 10 ނަމްބަރު
ހަދާށެވެ."
އިޚުތިޔާރެއް
އޮންނަގޮތަށް މަސައްކަތް ދެއްވުމުން، ތިމާގެ އަމިއްލަ ޒިންމާ އޮންނަ ގޮތަށް
މަސައްކަތް ކުރުމުގެ އާދަ ހަރުލަ އެވެ. މީގެ އިތުރަށް ދަރިވަރުގެ ޒާތަށް އިޙުތިރާމް ކުރެވި އޭނާގެ ކިބައިގައި ހުންނަ ދަސްކުރުމުގެ
ފަރުދީ ޤާބިލުކަން ދިރިގެންދެ އެވެ.
ü މަސައްކަތް ކުރަންޖެހޭ މިންވަރުގެ
އިޚްތިޔާރު ދެއްވާށެވެ.
މިފިލާވަޅަށް ބޮޑަށް ފަރިތަވެލުމަށްޓަކައި
ހަދަންޖެހޭނެ ކަމަށް ފެންނަ އެންމެގިނަ
އަދަދަކަށް ތަމްރީނު ހަދާށެވެ.
ü ކުރަންވީ
ކޮންކަމެއްކަމުގެ ބާރު ދަރިވަރަށް އޮންނަގޮތަށް އިޚުތިޔަޜުދެއްވާށެވެ.
"ފިލާވަޅުގައި
ހިމެނޭ އުދަގޫ ބަސްތަކުގެ ތެރެއިން ކޮންމެ ބަހެއް މަދުވެގެން 4 ފަހަރު
ލިޔާށެވެ."
ކުރަންވީ
ކޮންކަމެއްކަން ދަރިވަރަށް އެގެން އޮންނަގޮތަށް އިޚްތިޔާރު ދެއްވާ އެފަދަގޮތަކަށް
ހޯމްވޯކް ދެއްވުމުން، ދަރިވަރުންގެ ސަމާލުކަން ވަކި މަސައްކަތަކަށް އަމާޒުވެއެވެ.
ü ދަރިވަރުގެ އަމިއްލަ
ހޯމްވޯކެއް އުފައްދަން ފުރުސަތު ދެއްވާށެވެ.
"މި ފިލާވަޅާއި
ގުޅޭގޮތުން ހިތްހަމަޖެހޭފަދަ އެސައިންމެންޓެއް ފަރުމާކުރާށެވެ."
ހޯމްވޯކަށް ކުދިން ހިތްހަމަޖެއްސުމަށް ކުރެވިދާނެ އިތުރުކަންތައްތައް:
·
ދަރިވަރުންގެ އުމުރާއި ދަރިވަރަށް އެނގޭ މިންވަރާއި ދެއްވަން އުޅުއްވާ
މަސައްކަތް އެކަށޭނަތޯ ޔަޤީން ކުރައްވާށެވެ.
·
މިހާރު ދަރިވަރަށް އެނގޭ އެއްޗެއް އިތުރަށް ފުޅާކުރުމަށްޓަކައިދެވޭ އެއްޗަކަށް ހޯމްވޯކު ހައްދަވާށެވެ.
·
އުނގެނުމުގެ މައްސަލަތައް ހުންނަ ކުދިންނަށް ހޯމްވޯކު ދިނުމުގައި ދެވޭ
މަސައްކަތާއި ސުންގަޑިއާއި އަޅުއްވައި ކިއުއްވާށެވެ (އެޕްސްޓިން/ވޫރިޝް، 2001).
·
ވަކިވަކި ކުދިންގެ ވަކިވަކި މައްއސަލަތައް ޙައްލު ކުރުމަށް ވަކިވަކި
މަސައްކަތް ވިސްނުންތެރި ކަމާއެކު ޙަވާލު ކުރައްވާށެވެ (ކޫޕަރ،2001).
·
ދަރިވަރުގެ ކިބައިގައި އުފެއްދުންތެރި ޚިޔާލުތައް އޮހި ބަންޑުން ވެގެންދާފަދަ
ގޮތް ހެދުމަށްޓަކައި، ޖަމާޢަތުގެ ބައިވެރިވުން، ކުދިން ކުދިންނަށް ގުޅިގެން
ކުރާމަސައްކަތެއްގެ ގޮތުގައި ހޯމްވޯކް ފަރުމާ ކުރައްވާށެވެ (ކޯރނޯ،2000).
·
ހޯމްވޯކް ފަރުމާކުރާއިރު، ރީތިކޮށް ބަލާލަން ހިތްގައިމް އެއްޗެއްގެ ގޮތުގައި
ފަރުމާ ކުރައްވާށެވެ.
·
އިރުޝާދުތައް ކުރުކޮށް ލިޔުއްވާށެވެ. ލިޔަންދެއްވާ ހުސްފޮޅުވަތުގެ ޖާގަ
ތަނަވަސްކޮށް ބަހައްޓާށެވެ.
·
ހޯމްވޯކް ފަރުމާކުރެއްވުމުގައި، ދަތިނޫންނަމަ، ތަސްވީރާއި ކުލަ ބޭނުން
ކުރައްވާށެވެ.