Showing posts with label Developmental Psychology. Show all posts
Showing posts with label Developmental Psychology. Show all posts
1/18/2024
1/14/2024
1/05/2024
12/26/2023
5/06/2015
ޑިވެލޮޕްމަންޓަލް ސައިކޮލޮޖީ އުނގެނެން މުދައްރިސުންނަށް މުހިއްމުވާ ސަބަބު 2
ކުއްޖާގެ
ނަފުސުގެ ތަރައްޤީ ނުވަތަ ޑިވެލޮޕމެންޓަލް ތިއަރީތައް މުދައްރިސަށް އެނގުމަކީ ،
އުނގަންނައިދިނުމުގައި ނުފޫޒު ފޯރުވާ ކަމެއްކަމުގައި މި މަޒުމޫނުގެ ފުރަތަމަ
ބައިގައި ފާހަކުރެވިފައިވާނެ އެވެ. މިބައިގައި ބަލާލާފައިވާނީ، ޓީޗަރުން ތަމްރީނުކުރުމުގައި
ޑިވެލޮޕްމެންޓަލް ސައިކޮލޮޖީ ހިމަނަންޖެހޭ ކަމުގެ މުހިންމުކަމުގެ މައްޗަށެވެ.
ނަފުސާނީ އިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި، ޗައިލްޑް ޑިވެލޮޕްމެންޓްގެ
މިހާތަނަށް ހޯދިފައިވާ އެންމެ ސޮފިސްޓިކޭޓެޑް ހޯދުންތައް މުދައްރިސުން ތަމްރީނު ކުރުމުގެ
ޕްރޮގްރާމްތަކުގައި ހިމެނުމަކީ އެބޭފުޅުން ވަކާލާތުކުރައްވާ ކަމެއްނޫނެވެ.
އެބޭފުޅުން (ސްޓޮޓް
އަދި ބޯމަން ، 1996) ލަފާދެއްވަނީ،
ޑިވެލޮޕްމެންޓަލް ގެ ތަފާތު ރައުޔުތައް ނުވަތަ ތިއަރީތަކާއި އެއާގުޅޭ ، ކުލާސްރޫމްތަކުގައި ގެންދެވިދާނެ ޙަރަކާތްތައް އެފަދަ
ޕްރޮގްރާމްތަކުގައި ހިމެނުމަށެވެ. މިލަރ
(1989) ވިދާޅުވަނީ އެފަދަ މައުލޫމާތު ތަކުގެ
ސަބަބުން ދިރާސާކުރާ މީހުންނާއި ކުޑަކުދިންނާއިއެކު މަސައްކަތްކުރާ ފަންނީ
މީހުންގެ ހަނިވިސްނުން ފުޅާވެގެންދާނެ ކަމަށާއި ކުޑަކުދިން ތަރުބިއްޔަތު
ކުރުމުގައި ހަރުކަށި ވިސްނުން ޤަބޫލުކުރާ މީހުންނަށް އެ ފިކުރުތަކުން އެއްކިބާ
ވެވިދާނެކަމަށެވެ.
ދިރާސާކުރާ
ބައެއް ފަރާތްތަކުންވަނީ ، ޑިވެލޮޕްމެންޓަލް ނަޡަރިއްޔާތު މުދައްރިސުންނަށް
ދަސްކޮށްދިނުމުގައި އެހިތެރިވެވިދާނެ ގޮތްތަކެއް ހޯދާފައެވެ. އެކަމަކު،
އެކަންތައްތައް ޙާޞިލުކުރެވޭނީ ކިހިނެއްކަމާއިމެދު އެނގެނީ ވަރަށް
ކުޑަމިންވަރެކެވެ. ޕްރީސަރވިސްގައި އުޅޭ ގިނަޓީޗަރުން ޑިވެލޮޕްމެންޓަލް
ސައިކޮލޮޖިއާއިމެދު ދެކޭގޮތާއި އެމީހުންގެ ވިސްނުން ބަދަލުކުރުމާއިމެދު
ކުރެވިފައިވާ ގިނަ ދިރާސާތަކަކީ ނާއުއްމީދީ ދިރާސާތަކެކެވެ. އެ ދިރާސާތަކުން
ދައްކަނީ ޕްރީސަރވިސް ޓީޗަރުންނަށް ޑިވެލޮޕްމެންޓަލް ސައިކޮލޮޖީގެ ތިއަރީތަކުގެ
އެޕްލިކޭޝަން ގެ ހުނަރުތައް ދަސްކޮށްދޭން ކުރެވުނު މަސައްކަތް ނާކާމިޔާބުކަމެވެ (
ރިޗަރޑްސަން ، 1996). އެހެންކަމުން މިހާރު ޕްރީސަރވިސް ޓީޗަރ އެޑިއުކޭޝަން
ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ހިންގޭ ޑިވެލޮޕްމެންޓަލް
ސައިކޮލޮޖީގެ މޮޑިއުލްތައް އިވޭލުއޭޓްކޮށް އަލުން ފަރުމާކުރުމަކީ ވަރަށްބޮޑަށް
ބޭނުންވެފައިވާކަމެކެވެ.
ދިރާސާތައް
މިއަދު ކުރަންޖެހިފައިވަނީ މައިގަނޑު 3 ދާއިރާއަކަށެވެ. އެއީ،
ޗައިލްޑް ޑިވެލޮޕްމެންޓާއިމެދު ޓީޗަރުންގެ ވިސްނުން ހާމަކުރުމާއި ދަރިވަރުންގެ ނަފުސު
ތަރައްޤީކުރުމުގައި ޓީޗަރުންގެ ރޯލަކީ ކޮބަކަން ދެނެގަތުމާއި ދަރިވަރުންގެ ނަފުސު
ތަރައްޤީ ކުރާނެ ނަޡަރިއްޔާތު މުދައްރިސުންނަށް ކިޔަވައި ދިނުމުގައި ހިމަނަނެ
އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ދެނެގަތުމާއި ދަރިވަރުންގެ ނަފުސު
ތަރައްޤީކުރުމަށް ހިންގޭ ޕްރޮގްރާމްތަކުގައި ޓީޗަރުންނަށް އެހިތެރިވެދެވޭނީ
ކިހިނެއްތޯ ދެނެގަތުމެވެ.
ދަރިވަރުންގެ
ނަފުސު ތަރައްޤީކުރާނެ ގޮތްތައް މުދައްރިސުންނަށް އަޅުގނަޑުމެން ކިޔަވައިދޭނަމަ ،
އެންމެ ފުރަތަމަކަމަކަށް، މުދައްރިސުން ދަރިވަރުންނާއިމެދު ދެކެނީ ކިހިނެއްކަން
އަޅުގަނޑުމެންނަށް އެންގެންޖެހޭނެ އެވެ. އެހެނީ، މުދައްރިސުން ގެ ދައުރާއިމެދު
ޚުދު އެމީހުން ދެކޭގޮތަކީ، ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަށާއި އެދެވޭ
އުނގެނުމުގެ ޕްރޮގްރާމެއް ހިންގުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރަށް،
ޗައިލްޑް ޑިވެލޮޕްމެންޓްގެ މައުލޫމާތު ލިބިގަތުމަށާއި ކިޔަަވައިދިނުމުގައި އެ
މައުލޫމާތު ބޭނުންކުރުމަށް މުދައްރިސުން ޝައުގުވެރިވަނީ ކިހާ މިނަވަރަކަށްތޯ
އަޅުގަނޑުމެން ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ (ޕެޓްރިކް އަދި ޕިންޓްރިޗް ،
(2001).
މުދައްރިސުން
ތަމްރީނުކުރުމުގައި ގެންގުޅޭ އޮނިގަނޑުތައް ރިސަރޗް ގެ ހޯދުންތަކާއި އަޅާކިޔައި
ވަޒަންކުރުމާއިއެކު، ގެންނަންޖެހޭ ބަދަލުގެނެސް، ތަފުސީލުކުރަންޖެހޭނެ އެވެ.
މުދައްރިސުންގެ ޒިންމާއަކީ އުނގަންނައިދިނުމުގައި ޗައިލްޑް ޑިވެލޮޕްމެންޓް
ތިއަރީތައް ކުލާސްރޫމުގައި އަމަލީގޮތުން ބެނުންކުރުމާއި އަދި ޗައިލްޑް
ޑިވެލޮޕްމެންޓްގެ ސޮފިސްޓިކޭޓެޑް ހުނަރުތައް ދަރިވަރުންގެ ނަފުސުގެ ކުރިއެރުމަށް
ބޭނުންކުރުމެވެ.
މެދުކެނޑުމެއްނެތި
ވަކި އުސޫލަކުން ވިސްނުމަށް އަންނަ ބަދަލުތައް ބަލަމުން ދިއުމަކީ
މުހިންމުކަމެކެވެ. އެހެންގޮތކަށް ދަންނަވަނަމަ، މުދައްރިސުންނަށް އަރުވަން
އޮތްލަފަޔަކީ، ކުލާހުގައި ތިބޭ ކުދިންގެ އިތޖުތިމާއީ ވިސްނުމާއި ނަފުސުގެ
ކުރިއެރުން ބަލައި ވަޒަންކުރަމުން ދާންޖެހޭނެ އެވެ. އެހެންހެދުމުން، ދަރިވަރުންގެ
ވިސްނުން ފުޅާކުރުމަށާއި އިތުރު ޗެލެންޖްތައް ކުދިންނާއި ކުރިމަތިކުރުވުމަށް
މުދައްރިސުންނަށް މަގުފަހިވާނެތީ އެވެ.
ކޮލެޖްތަކުގައި
ކިޔަވާ ދަރިވަރުންގެ ވިސްނުމަށް އަންނަ ބަދަލު ބެލުމަށް ކުރެވިދާނެ އެއްކަމަކީ،
ނަފުސަށް އަންނަ ތަރައްޤީ ކޮންމެ ކުއްޖަކުވެސް ވަކިން ރެކޯޑްކުރުން ނުވަތަ
ކުެއްޖެއްގެ ވަކި ބިހޭވިއަރ އަކާއިގުޅިގެން އެއީ، ޑިވެލޮޕްމެންޓްގެ ކޮން
ނަޡަރިއްޔާތެއްތޯ ދަރިވަރުންގެ ޚިޔާލު ފާޅުކުރުވުމަށް ފުރުސަތު ދިނުމެވެ.
އަޅުގަނޑުމެން
ފާހަނގަކުރަންޖެހޭ އަނެއްކަމަކީ، ދަރިވަރުންނާއި ގުޅޭގޮތުން ޓީޗަރަށް
އެނގެންޖެހެނީ ކޮންކަންތަކެއްތޯ އާއި ކުލާހުގައި އަމަލުކުރަންޖެހެނީ ކިހިނެއްކަން
ކަނޑައެޅުމެވެ. ނަފުސާނީ އިލްމުވެރިންގެ ނަޡަރުގައި ދަރިވަރުންގެ ނަފުސުގެތަރައްޤީ
ވާންޖެހޭނީ މުދައްރިސު އެންމެބޮޑަށް ސަމާލުކަންދޭންޖެހޭކަމަކަށެވެ. މިވާހަކައަށް
ތާއީދުކުރައްވައި، އޮލްސަން
އަދި ބްރައުން (1996)ވިދާޅުވަނީ، " މުދައްރިސުންނާއި ބެލެނިވެރިން،
ދަރިވަރުންގެ ކަންކަމުގައި މަސައްކަތްކުރުމަށް އަހުލުވެރިކުރވުމަށް އެންމެ
ފުރަތަމަ ކުރަންޖހެހޭކަމަކީ ދަރިވަރުންގެ ސިކުނޑި މަސައްކަތްކުރާގޮތާއި ބެހޭގޮތުން
ލިބެންހުރި އެންމެ ރަނގަޅު މަޢުލޫމާތު އެމީހުންނަށް ފޯރުކޮށް ދިނުމެވެ" (ޞ.
12-13).ޑަކްވޯރތް
(1987) ވިދާޅުވަނީ، މުދައްރިސުން ވަރަށް
ފަރުވާތެރިކަމާއިއެކު ދަރިވަރު އޮބްޒަރވްކޮށް ދަރިވަރު ދެނެގަތުމަށް، ބަސްދީގަތުން ބާއްވަން
ޖެހޭނެކަމަށެވެ.
މުދައްރިސުންނަށް
ދަރިވަރުންގެ ނަފުސު ތަރައްޤީ އާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން،
ޓީޗަރ އެޑިއުކޭޓަރުން ދެނެވަޑައިގަންނަވަންޖެހޭ މުހިންމުކަމަކީ، ތިއަރީތައް
ކުލާސްރޫމުގައި ތަންފީޒުކުރުމުގައި ދިމާވެދަނޭ ގޮންޖެހުންތައް ހުންނާނެކަމެވެ.
އެފަދަ ވަގުތުތަކުގައި ޢަމަލުކުރެވިދާނެ އެންމެ ރަނގަޅުގޮތަކީ، ދަރިވަރުންގެ
ނަފުސުގެ ތަރައްޤީ އާއިބެހޭ މަޢުލޫމާތު މުދައްރިސުންނަށް ލިބޭނެ މަގު
ފަހިކުރުމާއިއެކު، ނަފުސުގެ ތަރައްޤީއަށް މަގުފަހިވާނެ
ކަންތައްތަކާއި އެ ނޫންކަންތައްތަކާއިމެދު ވާހަކަ ދައްކާ ޖަދަލުކުރުމުގެ ފުރުސަތު
މުދައްރިސުންނަށް ފަހިކޮށް ދިނުމެވެ (ސްޓޮޓް އަދި ބޯމަން ، 1996). މިފަދަ
ހަރަކާތްތަކުން ، އުނގެނުމަކަށް ވިސްނނުންތެރި ސިކުނޑިއަކާއި ޕްރޮފެޝަނަލް ކޮށް
މުޢާމަލާތްކުރުމުގެ ހުނަރާއި މަޢުލޫމާތު ލިބިގެން ދާނެއެވެ(ސިގެލް،
1998).
އެހެންކަމުން،
އެޑިއުކޭޓަރުންގެ ޒިންމާއަކީ، މުދައްރިސުންގެ ކިބައިގައި ދަރިވަރުންގެ ނަފުސު ތަރައްޤީ
ކުރުމުގެ ހުނަރާއި ޤާބިލުކަން ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމާއި
އެހީތެރިވެދިނުމެވެ. މިކަމަށްޓަކައި، މުދައްރިސުން ތަމްރީނުކުރާ ފަރާތްތަކުގެ
ޤާބިލުކަން އިތުރުކުރަން ޖެހެއެވެ
Subscribe to:
Posts (Atom)
A Reflection: How Teacher Collaboration and Empowerment Can Transform Teaching in the Maldives
How Teacher Collaboration and Empowerment Can Transform Education in the Maldives: Reflections on My PhD Journey November 20, 2024: A Moment...
-
How Teacher Collaboration and Empowerment Can Transform Education in the Maldives: Reflections on My PhD Journey November 20, 2024: A Moment...