ދަރިން
ބޮޑުކޮށް ތަރުބިއްޔަތު ކުރުމުގައި ހެދިދާނެ ގޮތްތަކަކީ ކޮބާ؟
އިންސާނާކުރާ
އަމަލުތަކަކީ ގަސްދަކާއިނުލައި ކުރާއަމަލުތަކެއް ނޭނެވެ. އެހެންކަމުން ، އޭނާގެ
އަމަލުތަކުން އޭނާގެ ތަރައްޤީ ކަނޑަނޭޅޭނެއެވެ. މީހާގެ އަމަލުތައް
މިސްރާބުވުމުގައި އޭނާއަށް ލިބޭ އެހީތެރިކަމާއި، ހިތްވަރު ހިމެނެއެވެ. މިސާލަކަށް،
ދަރިވަރެއްގެ ނަފުސުގެ ރޫޙު މަތިކުރުމަށްޓަކައި މުދައްރިސު ކުރަންޖެހޭ ކަމަކީ
ހަމައެކަނި ދަރިވަރަށް ހިތްވަރު ދިނުމެއް ނޫނެވެ. އެކަމަކު އޭގެ އިތުރަށް
ބޭނުންތެރި އަދި އުނގެނުމަށް މަގުފައިވާ ބިނާކުރަނިވި (ފީޑްފޯވާޑް) ފާޑުކިޔުމަކީ، ނަތީޖާ
އެހާ ރަނގަޅު ނޫން ދަރިވަރުން އެދަރިވަރުން އަމިއްލައަށް މަސައްކަތް ކުރުމުގެ ބާރު
ލިއްބައިދިނުމަށް ކުރަންޖެހޭ ކަމެކެވެ. (އެންޖެލްސަން
އަދި ސުމިތު،2010).
މެކްސް
ޝެލަރގެ ލޯބީގެ ފަލްސަފާގައި، އިންސާނާގެ ތަރައްޤީއާއި އުނގެނިގަތުމަށް އޭނާގެ
ޝައުޤުވެރިކަމާއި ލޯބި މިސްރާބުކުރުމަށް ލޯބި ބޭނުންވާކަމަށް ވަރަށްބޮޑަށް ބާރު
އަޅައެވެ. އިއީ އުނގެނުމުން ނުވަތަ އޭނާއަށްލިބޭ ކުރިއެރުމުން ލިބޭ ވަގުތީ
އުފަލުގެ އިތުރަށް، އޭނާގެ ވިސްނުމުގެ ފެންވަރާއި އަމާޒު ޙާޞިލުވުމަށެވެ.
މުދައްރިސުންނާއި އުނގަންނަދިނުމުގައި ޙަރަކާތްތެރިވާ މީހުންގެ ޒިންމާއަކީ، ދަރިވަރުންނަށް އެފަދަ އަޅާލުމާއި
އެޙީތެރިކަމުގެ ވެއްޓެއް ފޯރުކޮށްދިނުމެވެ. އެއީ، ދަރިވަރުންނަށް މަތިވެރި
އަގުތަކާއި ހުނަރު އުނގެނިގަތުމަށް، އޭނާގެ އުފަލާއި އަރާމްތައް
ކޮންޓްރޯލްކުރުންފަދަ މާޙައުލަކާއި އަޅާލުމަކާއި އެހީތެރިކަމެކެވެ (ސޮލަސާރި،
2003).
އެމީހަކު
ޝައުޤުވެރިވާ ޚާއްސަ ރޮނގެއްގައި ކުރިއަށް ދިޔުމަށާއި މަތީ ދަރަޖަ ޙާޞިލުކުރުމަށް
ހިތްވަރާއި ގަދައަޅާ މަސައްކަތްކުރުމާއި، ކެރުންތެރިކަން ބޭނުންވާނެއެވެ.
އެމީހެއްގެ ޤާބިލުކަންހުރި ގޮތަކަށް އެމީހަކު ކުރިއަށް ދިޔުމާއި، އެހެން
މީހުންނާއި ތިމާ ތަފާތުވުމަކީ އަދި ތިމާގެ ވަގުތީ އުފާތަކުން މަޙުރޫމްވެގަތުމަކީ، އަދި އަމިއްލަ ނަފުސު އެކަމަށް ތަރުބިއްޔަތު
ކޮށްގަތުމަކީ، ލޯބީގެ އެންމެ ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތަކެވެ. ތިމާގެ ސިކުނޑި،
މަތީ އަގުތައް ޙާޞިލުކުރުމަށް އަމާޒު ކުރުމަށެވެ. މަތިވެރި، އެއްވެސް ކަމެއް
އެއްވެސް މީހަކަށް ލޯތްބާއި ނުލައި ޙާޞިލުނުވެއެވެ (މާއްޓާ،
2011).
މިއީ ޒަމާނީ މުދައްރިސުންނަށް އޮތް ގޮންޖެހުމެވެ. މިއަދު އެހެންމީހުންނާއި
ކަމެއްކުރުމާއި އަދި އެކަމަކަށް ތިމާ ވާސިލުވުމަށް މަސައްކަތް ކުރުމަކީ އެހާ
ޕެޝަނަބަލް ކަމެއްނޫނެވެ. ގިނަމީހުން ބޭނުންވަނީ، ޖަމާޢަތުގެ ގިނަމީހުން
ކުރާކަމެއް ތިމާމެން ކުރުމަށެވެ. ތިމާއަކީ ތަފާތު މީހަކަށް ދުށުމުގެ ފުރުޞަތު
ނުދިނުމަށެވެ (ކެރ،
1985).
ވަރުގަދަ ސަމާލުކަމަކާއި އެކީ މަސައްކަތް ކޮށްގެން ނޫނީ، ޢިލްމް އަދި ފަންނީ
ޤާބިލުކަމެއް ނުލިބޭނެކަން މޮޅު ޓީޗަރުން ދަނެއެވެ (މާއްޓާ،
2010).
ތިމާގެ
އަމިއްލަ ޚިޔާލުތައް އިއްވުމާއި، ތިމާއަށް ލިބިފައިވާ ޤުދުރަތީ ހުނަރުތައް
ދައްކާލުމާއިއެކު ތިމާއަކީ ކާކުކަން އަންގައިދިނުމަށް އެހެންމީހުންނާއި ތިމާ
ބައިވެރިވާން ޖެހެއެވެ. އަމަލީ ފަންނުގެ ތަފާތު ތަމްރީނު ޕްރޮގްރާމްތަކުގައި
ބައިވެރިވެ އެތައް އަހަރެއް، ޝައުޤުވެރިކަމާއިއެކު އެކަމުގައި ހޭދަކުރުމަކީ
ކުރަންޖެހޭނެކަމެކެވެ (ސިކްސްޒެންޓްމިހަލްޔީ،
ރަތުންޖޯ އަދި ވެލެން، 1996، ނިކްޕޮން، 2011). މިފަދަ ހިތްވަރަކާއި
އަޒުމެއް މީހާގެ ކިބައިގައި އުފެދެނީ، ޖަޒުބާތީ ސިފަތަކުގެ ތެރެއިންނެވެ (ޑެނިއަލް
ގޯލްމަން، 1999). އެހެންކަމުން، ޙަރަކާތްތެރި އަދި ބުންވަރުހުރި
މީހަކަށް، މީހާ ބަދަލުކޮށްލަނީ ލޯބީގެ ބާރެވެ. އަދި ތިމާ އެއްގޮތެއްގައި
ދެމިހުރުމުގެ ތަޖުރިބާއާއި ގުޅުވާ އެއްޗަކީ ވެސް ލޯތްބެވެ.
No comments:
Post a Comment