ކެއްކުމަކީ، ގިނަފަހަރަށް، ކައްކާ މީހާއަށް ހިތްހަމަޖެހުން ގެނެސްދޭ ، އަދި އާއިލީ ގުޅުން ބަދަހިކުރުވާ
,މަޖާކަމެކެވެ. އެއީ ކައްކާ މީހާގެ އުފެއދުންތެރިކަމާއި ރަނގަޅު ކާނާއަށް ހުންނަ
ލޯބި ދައްކާލަދޭ ކަމެއްވެސްމެ އެވެ.
އެކަމަކު، ހަނދާން
ބަހައްޓަންޖެހޭކަމަކީ، ގެތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ޒަޚަމު ތަކުގައި
އެންމެ ބޮޑު މައިގަނޑު ރޯލެއް އަދާކުރަނީ ކެއްކުން ކަމެވެ. ވިސްނުންތެރިކަން
އިސްކުރައްވައިފިނަމަ، ބަދިގެތަކުގައި ހިނގާ އަލިފާނުގެ ހިތާމަވެރި ހާދިސާތައް
މަދުކުރެވިދާނެ އެވެ.
ބަދިގޭތެރޭ ހިނގާ
އަލިފާނުގެ ހާދިސާތަކުގެ ތަފާސް ހިސާބު
- ބަދިގޭގައި ހިނގާ އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިހުރީ ކައްކާ
ވަގުތު މީހަކު ބަދިގޭގައި ނެތީސް އެވެ.
- ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުގެ 67 އިން ސައްތަ ހާދިސާތައް
ހިނގާފައިހުރީ ތެލީގައި ނުވަތަ ތަވާގައި ހުރި ކާއެއްޗެތީގައި އަލިފާން
ރޯވެގެންނެވެ.
- އެންމެ ފުރަތަމަ އަލިފާން ހިފާ އެއްޗެތީގެތެރޭގައި ކައްކާ މީހާ ލައިގެން
ހުންނަ ހެދުން ހިމެނެ އެވެ. ހެދުމުގައި އަލިފާން ހިފައިގެން ޒަޚަމުވާ
މީހުންގެ 15 އިން ސައްތަ މަރުވެ އެވެ.
- ބަދިގޭގެ އަލިފާނުގެ ހާދިސާތަކަށް ބަލާއިރު 57 އިން ސައްތަ ހާދިސާތަކަކީ
ސީދާ އުދުނުގައި ރޯވެގެން ހިނގާ ހާދިސާތަކެވެ.
- ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ، މީހުންނަށް ގިނައިން ގެއްލުން ލިބެނީ އަލިފާން ނިއްވަން
އުޅުމުގެ ތެރޭގަ އެވެ.
- އެންމެ ނުރައްކާތެރި ހާދިސާތައް ހިނގާފައިހުރީ ކާއެއޗެތި ތެލުލުމުގެރޭގަ
އެވެ.
ސަމާލުކަން ދެއްވަންވީ
ކަންތައްތައް:
- ހޭލާ ހުންނަވާށެވެ! ނިދި އައިސްފައި ހުރިނަމަ، ނުވަތ ބާރުގަދަ ބޭހެއް
ބޭނުންކުރައްވައިގެން ހުންނެވިނަމަ، އުދުނު ކައިރީގައި ނުހުންނަވާށެވެ.
- މަސްފަދަ އެއްޗެއް ތެލުލާނަމަ ނުވަތަ ގްރިލް ކުރައްވާނަމަ ނުވަތަ ފެން
ހޫނުކުރައްވާނަމަ، އަބަދުވެސް ބަދިގެ ތެރޭގައި ހުންނަވާށެވެ.
- ކާއެއްޗެއް ފިހެނީނަމަ ނުވަތަ ކުކުޅެއްފަދަ އެއްޗެއް ރޯސް
ކުރައްވަނީނަމ، ބަދިގެތެރޭގައި ހުންނަވާށެވެ. އަދި އިރުއިރުކޮޅުން
ވަމުންދާގޮތް ބައްލަވާށެވެ.
- އުދުންމަތީގައި ހަރުލާފައި ހުންނަ ކުނިކޮޅުތަކާއި
ލަކުޑިންހަދާފައިހުންނަ ދޭފަތާއި ސަމުސާފަދަ ތަކެތި އަދި ޕެކްކުރާ
ކަރުދާސްފަދަ ތަކެތި އުދުނާއި ދުރުގައި ބަހައްޓާވާށެވެ. އެ ތަކެތިގައި
އަލިފާން ހިފުން އަވަސްވާނެ އެވެ.
ބަދިގެތރޭގައި އަލިފާން
ރޯވެއްޖެނަމަ:
- ބޭރަށް ނުކުންނަވާށެވެ. ބޭރަށް ނުކުންނަވަމުން، ބަދިގޭގެ ދޮރު
ލައްޕަވާށެވެ.
- އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އިމަރޖެންސީގައި ގުޅަންޖެހޭ ނަމްބަރު
118 އަށް ގުޅުއްވާށެވެ.
- އަލިފާން ނިއްވަން އަމިއްލަފުޅަށް މަސައްކަތް ކުރައްވާނަމަ،
އެހެންމީހުން ބޭރަށް ނިކުންނވަން ވިދާޅުވާށެވެ. އަދި ތިމާ އަމިއްލައަށް ބޭރަށް ނިކުންނަވަން މަގުސާފުތޯ
ބައްލަވާށެވެ.
- ކައްކަވާއިރު، ތެލީގެ ނުވަތަ ތަވާ މަތީ އަޅާނެ މަތިގަނޑެއް ކައިރީގައި
ބައްވަވާށެވެ. އެއީ ތެލާއި ނުވަތަ ބަޓަރު ނުވަތަ މާޖަރިން އާއިއެކު އުފެދޭ
ގްރީހުގައި އުފެދޭ އަލިފާން ނިއްވާލުމަށްޓަކައެވެ. ރަނގަޅަށް އިހޫވަންދެން
ތެލީގެ މަތިގނަޑު ނުނގާ ބަހައްޓާވާށެވެ. އުދުނުން ކައްއކަވާނަމަ، އުދުން
ނިއްވާލުމަށްފަހު އުދުނުގެ ދޮރުފަތް ލައްޕަވާލައްވާށެވެ.
ތެޔޮބެނުންކޮށްގެން
ކާއެއްޗެތި ތައްރުކުރައްވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތައް:
މިޒަމާނުގެ ގޭގޭގެ ބަދިގެ
ތަކުގައި އެންމެ ހިންގާ އެއް އައިޓަމަކީ ކުކިންގ އޮއިލް އެވެ.. ގިނަ ބާވަތްތަކުގެ
ތެޔޮ ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކުރައްވާއިރު، ތިރީގައި މިވާކަންތައްތަކަށް
ސަމާލުކަން ދެއްވާށެވެ.
- ތެލުލާން އުދާފައިހުރި އެއްޗަކަށް އަބަދުވެސް ސަމާލުކަން ދެއްވާށެވެ.
- ދުންބޯޅަ ފެންނަނަމަ، ނުވަތ މާގަދަޔަށް ތެޔޮވަސްދުވާނަމަ، ވަގުތުން
އުދުން ނިއްވާލއްވާށެވެ. އެހެން ނޫނީ، ތަވާ ނުވަތަ ތެލި ފަރުވާތެރިކަމާއިއެކު
އުދުން މަތިން ނަންގަވާށެވެ. ދުން އަރާނަމަ ، އެއީ، ތެޔޮ މާބޮޑަށް
ހޫނުވެފައިވާކަމުގެ ނިޝާނެކެވެ.
- ތެޔޮ ހޫނުކުރަމުން ދާންވާނީ ، ލަސްލަހުން، ބެނުންވާ ދަރަޖައަށް ހޫނުމިން މިންގެންދާގޮތަށެވެ.
- ހޫނު ތެލުތެރެއަށް ކާއެއްޗެތި އަޅުއްވަންވާނީ ، ތެޔޮ ބުރައިގެން ނުދާގޮތަށެވެ.
- ތަވާ ނުވަތަ ތެލިތެރޭގައި އަލިފާން ރޯވެއްޖެނަމަ، މަތިގަނޑު އަޅުއްވާށެވެ. އަދި ރަނގަޅަށް އަލފާން ނިވުނީމަނޫނީ
މަތިގަނޑު ނުނަންގަވާށެވެ. އެހެންނޫނީ ، އަނެއްކާވެސް އަލިފާން ރޯވުމުގެ ފުރުސަތުބޮޑެވެ. މިފަދަ ހާލަތްތަކުގައި ފެން ނުޖައްސަވާށެވެ.
- އަލިފާން ނުނިއްވުނުނަމަ، ގޭގެ އެންމެން ބޭރަށްނެރެ، އިމަރޖެންސީ
ނަމްބަރަށް ގުޅާށެވެ. އަދި އަވަށްޓެރިންނަށް އަނގާށެވެ.
މައުލޫމާތު:
ނެޝަނަލް ފަޔަރ ޕްރޮޓެކްޝަން އެސޯސިއޭޝަން (އެން.އެފް.ޕީ.އޭ)
ދަ އޮތޯރިޓީ އޮން ފަޔަރ، އެލެކްޓްރިކަލް އެންޑް ބިލްޑިންގ
ސޭފްޓީ
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް
ފަޔަރ އެންޑް ރެސްކިއު ސަރވިސެސް / ސަދަރން އޭރިއާ
No comments:
Post a Comment