ސިކުނޑި އުނގެނޭ ގޮތް: ނިއުރޯސައިންސް އާއި ތަޢުލީމީ ހުނަރު
ފާއިތުވެދިޔަ 40 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިންސާނާގެ ސިކުނޑި އާއި ގުޅޭގޮތުން ހޯދުނު ހޯދުންތައް އޭގެ ކުރީގެ 400 އަހަރުގެ ތެރޭގައި ހޯދުނު ހޯދުންތަކަށްވުރެ މާގިނައެވެ. ނިއުރޯ ސައިންޓިސްޓުންނާއި އުނގަންނައިދިނުމުގެ ދާއިރާގެ ފަންނުވެރިން މަސައްކަތްކުރަމުން އެދަނީ ސިކުނޑިއާއި ބެހޭގޮތުން ހޯދިފައިވާ މަޢުލޫމާތު ކުލާހުގައި އަމަލީ ގޮތުން ބޭނުންކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބެލެމަށެވެ. އެހެނަސް، ހުރިހާ އުނގެނުމަކީވެސް ސިކުނޑިއަށް ބިނާވެވާ ކަމެއްކަން ހަނދާން ބެހެއްޓުން މުހިންމެވެ. ތަޢުލީމުގެ ޒަރީއާއިން އަޅުގަނޑުމެން ކުރާ މަސައްކަތަކީ ސިކުނޑިއަށް ބަދަލު ގެނައުމެވެ. ޝައްކެއްނެތި އެނގޭ ކަމަކީ ހަގީގަތުގައިވެސް ސިކުނޑިއަށް، އަދި އުޅުމަށް، ތަޢުލީމުން ބަދަލު ގެނުވާކަމެވެ.
މީގެ މާނައަކީ ކޮންމެ ޓީޗަރަކީ ނިއުރޯ ސައިންޓިސްޓަކަށް ވުމެއްނޫނެވެ. ނުވަތަ ސަތޭކަ ނިއުރޯޓްރާންސްމިޓަރސް އެގުމެއްވެސް ނޫނެވެ. އެކަމަކު އޭގެ މާނައަކީ ސިކުނޑި އިހުސާސްކުރާ ގޮތާއި މައުލޫމާތު ރައްކާކުރާގޮތާއި ހަނދާންކުރާގޮތް އެނގުމުން މުދައްރިސުގެ މަސައްކަތަށް ފަސޭހަވާ ވަރަށް ބޮޑު ފައިދާ ކުރާނެކަމެވެ.
ހަށިގަނޑުގެ އެތެރޭގެ މަސައްކަތް ބަލައްޓާ ނިޒާމް ވަރުބަލިވުން
މީހަކު އެއްޗެއް ދަސްކުރާނަމަ، ނުވަތަ އުނގެނެން މަސައްކަތްކުރާނަމަ، ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ސަމާލުކަން ގުޅިފައިވަނީ ސިކުނޑީގެ ވަކި ޚާއްޞަ ބަޔަކާއިއެވެ. މެދުނުކެނޑި 3-5 މިނިޓް މަސައްކަތްކޮށްލުމުން ނިއުރޯންސްތައް ވަޅޯވާން ފަށައެވެ. އެއަށް އަރާމު ހޯދަން ބޭނުންވެއެވެ. އަބަދު އެއްގޮތަކަށް ބޭނުންކުރާނަމަ އެހާ ބަރާބަރެއް ނޫނެވެ.
ޕިއަނޯ އާއި އޯގަން ހިތަށް ގެންނާށެވެ. އޯގަނުގެ ފިތެއްގައި އިނގިލި އަޅާ އޮބާލައި އެގޮތަށް ތިރިއަށް ހިފަހައްޓަލުމުން އޯގަނުން ނިކުންނަ އަޑު އިވިއިވި ހުންނާނެއެވެ. އެކަމަކު ޕިއަނޯގެ ފިތަކުން ނިކުންނާނީ ކުރު އެންމެ އަޑެކެވެ. އިނގިލި އަޅާ އޮއްބާލައިގެން ހުރުމަކުން އަޑެއް ނުނިކުންނާނެއެވެ. ނިއުރޯންސް އެންމެ ބޮޑަށް ވައަތަރުވަނީ ޕިއަނޯ އާއިއެވެ. ނިއުރޯންސް މަސައްކަތްކުރަނީ ތަކުރާރުކޮށް ހަރަކާތްކުރުވާ ބާރަކަށް، ނުވަތަ ސްޓިމިއުލޭޝަނަކަށެވެ. ބަދަލެއް ނުގެނެސް ހިންގޭ ދިގުދެމިގެންދާ ހަރަކާތަކަށް ނިއުރޯންސް މަސައްކަތެއް ނުކުރެއެވެ. މިމައުލޫމާތު ޓީޗަރަށް މުހިންމުވަނީ ކީއްވެހެއްޔެވެ؟
ދަރިވަރުންނަށް ފަރިތަ އަދި ރައްކާތެރި މާހައުލުތަކުގައި ދަރިވަރުންގެ ސިކުނޑި މަސައްކަތްކުރާނީ އާކަމެއް ފެނޭތޯއެވެ. ހަގީގީ މައުލޫމާތު ހިމެނޭ ލެކްޗަރެއްގެ އަޑު އަހަން ދަރިވަރުންނަށް ތިބެވޭނީ ގިނަވެގެން 8 މިނެޓަށެވެ. އޭގެ ފަހަށް ސިކުނޑި ތެޅިފޮޅޭނީ އެހެން ކަމެއް ފެނޭތޯއެވެ. ޓީޗަރަށް އެފަދަ އާކަމެއް (ނޮވެލް) ގެނެސް ނުދެވޭނަމަ، ވަރުބަލިކަން ސިކުނޑިއަށް ވެރިވެއެވެ.
މޮޅު ހުށަހެޅުމެއްގެ ސިއްރު: ބޮބް އެންޑް ވީވް
އެންމެ މޮޅު ހުށަހެޅުމަކީ ނުވަތަ ކިޔަވައިދިނުމަކީ ދަރިވަރުން ގަޔާވާގޮތަށް އުނގަންނައިދެވޭ އުނގަންނައިދިނުމެވެ. މިކަމަށް "ބޮބް އެންޑް ވީވް" (Bob and Weave) ކިޔޭ އުޞޫލު ބޭނުންކުރެވެއެވެ. މޮޅު ހުށަހެޅުމެއްނަމަ، އެހުށަހެޅުން ނިއުރަލް ސިސްޓަމްގެ ތެރެއިން ގުޅިލާމެހިގެން ކުރިއަށާއި ފަހަތަށް ހަރަކާތްކުރާނެއެވެ. އެއް ނިއުރޯންސް ސަރަހައްދު (A) ހަރަކާތްތެރިކުރުވުމަށްފަހު، އަނެއް ސަރަހައްދު (B) ހަރަކާތްތެރިކުރުވުން މުހިންމެވެ.
މި އުޞޫލުގެ މުހިންމު ބައިތައް:
- ފިލާވަޅުގެ މައިގަނޑާއި ގުޅޭ ވާހަކައެއް (story) ދަރިވަރުންނާ ހިއްސާކުރުން.
- ވާހަކައިގެ ޒާރީއާއިން ސިކުނޑީގެ ޖަޒުބާތު އުފައްދާ ހިސާބުތައް ހޭލުންތެރިކުރުން (މަޖާ، ހިތާމަ، ބިރުވެރިކަން ފަދަ).
- އެއް ނުވަތަ ދެ ހަގީގަތް (މައުލޫމާތު) ހިމެނޭ ގޮތަށް ބަޔާންކުރުން، އަދި އެމައުލޫމާތު ކޮންމެވެސް މަފުހޫމަކާއި (concept) ގުޅުވާލުން.
- ވާހަކަ އަލުން ވިދާޅުވުން، މައުލޫމާތާއި ވާހަކައާއި ހުރި ގުޅުން ފާހަގަކުރުން، އަދި މަފުހޫމް އަލުން ފާހަގަކޮށްދިނުން.
- ހަގީގީ މައުލޫމާތާއި، މަފުހޫމާއި، ވާހަކަ ކިޔައިދިނުން ނުވަތަ ހާދިސާއަކާއި ގުޅުވުން.
މިއީ މޮޅު ކިޔަވައިދިނުމެއްގައި ހިމެނޭ އުންޞުރުތަކެވެ. މިގޮތަށް ކިޔަވައިދިނުމުން، ދަރިވަރުންގެ ސިކުނޑީގެ ވިސްނުމުގެ ބައިތައް މައުލޫމާތު ރައްކާކުރުމަށް ހަރަކާތްތެރިވެ، ތައްޔާރުވާން ފަށައެވެ. ޖަޒުބާތު ހޭލުންތެރިކުރުމުން، މައުލޫމާތު ދޭހަކޮށްގަތުމާއި ހަޖަމުކުރުން ފަސޭހަވެއެވެ.
އިންސާނާއަކީ ވާހަކަ ދައްކާ މަޚްލޫގެއް
އިންސާނާއަކީ ވާހަކަ އަޑުއަހާ ހިތްވާ، ވާހަކަ ކިޔައިދޭ ހިތްވާ މަޚްލޫގެކެވެ. އަޅުގަނޑުމެންނަކީ ޝައުޤުވެރި ބައެކެވެ. އަދި އުނގެނުމަށް ލޯބިކުރާ ބައެކެވެ. މުދައްރިސުންނަށް އޮތް ގޮންޖެހުމަކީ އިންސާނުންގެ ސިކުނޑީގައިވާ އާކަންތައް ހޯދުމުގެ މާއްދާގެ ފައިދާ ނަގައި، އުނގެނުމަށް މަގުފަހިކޮށްދިނުމެވެ. ދަރިވަރުންގެ ސިކުނޑިއާއި ގުޅުވައިގެން، ވާހަކަ، ޖަޒުބާތާއި، އާކަން ގުޅުވާލުމަކީ ފައިދާހުރި ތަޢުލީމެއްގެ ހުރިހާ ކަމެކެވެ.
ހައު ބްރެއިން ލަރންސް ދަ ބެސްޓް - ސްޓްރެޓެޖީސް ޓު މޭކް ލަރނިންގ ސްޓިކް
ވޯލްފް، ޕީ (2015) މޭކިންގ އިންސްޓްރަކްޝަން ޓު ހައު ދަ ބްރެއިން ލަރންސް ބެސްޓް. ބްރެއިން މައްޓަރސް: ޓްރާންސްލޭޓިންގ ރިސަރޗް އިންޓޫ ކުލާސްރޫމް ޕްރެކްޓިސް.
ދަރިވަރުންނަށް ފަރިތަ އަދި ރައްކާތެރި މާހައުލުތަކުގައި ސިކުނޑި މަސައްކަތްކުރާނީ ކިހިނެއް? – އެނޯޓްސް
No comments:
Post a Comment